Last Updated: March 29, 06:12
Friday, March 29, 2024
ވިޔަފާރި

އެޕަލް އައިފޯން ޑިޒައިނަރު ކުންފުނި ދޫކޮށްލަނީ

މަޝްހޫރު އެޕަލް އައިފޯންގެ ޑިޒައިނަރު ޖޮނީ އައިވް 30 އަހަރު ދުވަހު ކުންފުނީގައި މަސައްކަތް ކުރުމަށްފަހު އެޕަލް ދޫކޮށްލުމަށް ނިންމައިފިއެވެ.

ޓެކްނޮލޮޖީ ދުނިޔޭގައި އެންމެ މަޝްހޫރު އެއް ޑިޒައިނަރު ޖޮނީ އައިވް އެޕަލް ދޫކުރި ނަމަވެސް ބޭރު ކޮންސަލްޓެންޓެއްގެ ގޮތުގައި އައިފޯންގެ މަސައްކަތް ކުރަމުން އަންނާނެއެވެ. ދުވަސްވީ އެޕަލްގެ ޑިޒައިނަރު ކުންފުނި ދޫކޮށްލަނީ އަމިއްލަ ޑިޒައިން ކުންފުންޏެއް އުފެއްދުމަށެވެ.

އައިވްގެ "ލަވް ފްރޮމް" ފާމްގައި އޭނާއާއެކު ބައިވެރިވުމަށް މާކް ނިއުސަން ވެސް ވަނީ އެއްބަސްވެފައެވެ. މާކް އަކީވެސް ޑިޒައިންގެ ދުނިޔޭގައި ފާހަގަކޮށްލެވޭ ބޮޑު ނަމެކެވެ.

އައިވް ބުނެފައިވަނީ ކުންފުނީގެ މުވައްޒަފެއްގެ ގޮތުގައި ދެން ނުފެނުނު ނަމަވެސް އެޕަލް ދޫކޮށްނުލެވޭނެ ކަމަށެވެ. "އެޕަލްގައި މަސައްކަތް ކުރާނަން. އަދިވެސް އެތައް ދުވަހެއް ވަންދެން ވެސް މަސައްކަތް ކުރުމަކީ ބޭނުންވާ ގޮތް. އެކަމަކު އަހަރެން ދެން މުވައްޒަފެއްގެ ގޮތުގައި ނުފެންނާނެ،" އައިވް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ސްމާޓްފޯން ދުނިޔޭގައި އެންމެ މަތީގައި ފިޔަ ޖަހަމުންދާ އެޕަލް އިން އަންނަނީ އާ އައިފޯންގެ މަސައްކަތް މިހާރުވެސް ކުރަމުންނެވެ. އެޕަލްގެ ފޯނުތައް ޒުވާނުންގެ ތެރޭގައި ދުވަހެއް ދުވަހަށް ވުރެ މަގުބޫލުކަން އިތުރުވަމުން އަންނަކަން ފާޙަގަކޮށްލެވެއެވެ.