Last Updated: May 6, 09:32
Tuesday, May 6, 2025
ދީން

ހަފުލާތަކުގައި ޤުރުއާން ކިޔަވަން ފުރުސަތު ދޭން ޖެހޭ

15 ވަނަ ގައުމީ ޤުރުއާން މުބާރާތުގެ ވަނަ ލިބުނު މީހަކާ ރައީސް އިނާމް ހަވާލު ކުރަނީ. ފޮޓޯ/ ރައީސް އޮފީސް

ޤައުމީ ފެންވަރުގައި ބާއްވާ ޤުރްއާން މުބާރާތްތަކުން މަތީ ވަނަތައް ހޯދާ ފަރާތްތަކަށް، އެކި ރަސްމިއްޔާތުތަކުގަޔާއި، ޖަލްސާތަކުގަޔާއި، ބައްދަލުވުންތަކުގައި ޤުރްއާން ކިޔެވުމުގެ ފުރުސަތު ދެއްވަން އެދިވަޑައިގަންނަވާ ކަމުގައި ދަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

އެހެންވެ މީގެ ފަހުން ސަރުކާރުގެ އެކި އިދާރާތަކުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިންތިޒާމް ކުރައްވާ ރަސްމިއްޔާތުތަކުގަޔާއި، ޖަލްސާތަކުގަޔާއި އަދި ބައްދަލުވުންތަކުގައި، ކީރިތި ޤުރްއާން ކިޔެވުމަށް ކުދިންނާއި މީހުން ހަމަޖައްސަވާ އިރު، މަތީ ވަނަތައް ހޯދާ ކުދިންނަށާއި މީހުންނަށް އިސްކަން ދެއްވައިގެން، އެފަދަ ފުރްޞަތުތައް ދެއްވުމަށް ރައީސް އެދިވަޑައިގަންނަ އެވެ.

އަދި އެފަދަ ކުދިންނާއި މީހުންނާ ބެހޭ މަޢުލޫމާތު، ކީރިތި ޤުރްއާނާ ބެހޭ މަރްކަޒާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެެވެ.