Last Updated: April 23, 18:00
Tuesday, April 23, 2024
ވިޔަފާރި

އަނެއްކާވެސް ސްރީ ލަންކަންގެ އާ ޕްރޮމޯޝަނެއް

ގަން އިންޓަނޭޝަނަލް އެއާޕޯޓުން ލަންކާއާއި އިންޑިޔާއަށް އިތުރު އާ ޕްރޮމޯޝަނެއް ސްރީ ލަންކަން އެއާލައިންސް އިން ފަށައިފިއެވެ.

ހިނގަމުން މިދާ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަރަށް ކުޑަ އަގެއްގައި ދަތުރުކުރެވޭ ގޮތަށް ޓިކެޓުތަކުގެ އަގު ވަނީ ހެޔޮކޮށްފައެވެ. އެގޮތުން ޖުލައި 4 އިން 8 އަށް ގަމުން ލަންކާއަށް ޓިކެޓު ނަންގަވާ ބޭފުޅުންނަށް ދެކޮޅު ޓިކެޓު އެންމެ 313 ޑޮލަރަށް ބައްލަވައިގަނެވޭނެއެވެ. މިމުއްދަތުގައި އެއް ކޮޅު ދަތުރެއްގެ އަގަކީ އެންމެ 185 ޑޮލަރެވެ. ޕްރޮމޯޝަނުގެ ދަށުން ދަތުރުކުރެވޭނީ ޖުލައި އަށަކުން އޯގަސްޓު 31 ވަނަ ދުވަހާއި ހަމައަށެވެ.

ގަމުން އިންޑިޔާގެ ޗެންނާއީ އަށް ދަތުރުކުރެވޭ އަގު މާ ހެޔޮކޮށްފައިވާއިރު އެއްކޮޅު ޓިކެޓު 127 ޑޮލަރަށް ލިބޭއިރު ދެކޮޅު ޓިކެޓުގެ އަގަކީ އެންމެ 262 ޑޮލަރެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ޖުލައި 11 އިން ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމުއްދަތުގައި ދަތުރުކުރުމަށް ޓިކެޓު ނަގަން ޖެހެނީ ޖުލައި 4 އިން ފެށިގެން ޖުލައި 31 އާ ދެމެދުގެ ވަގުތެއްގައެވެ.

އިންޑިޔާގެ ބެންގަލޫރަށް ގަމުން ދަތުރުކުރައްވާ ބޭފުޅުންވެސް ޖުލައި 1 އިން ޖުލައި 31 އާ ދެމެދުގެ މުއްދަތުގައި ޓިކެޓު ބުކް ކުރައްވަން ޖެހޭނެއެވެ. ޕްރޮމޯޝަނުގައި ދަތުރުކުރެއްވޭނީ ޖުލައި 1 އިން ސެޕްޓެމްބަރު މަހުގެ 30 ގެ ނިޔަލަށެވެ. ގަމުން ޗެންނާއީ އަށް މިހާރުގެ ޕްރޮމޯޝަންގެ ދަށުން އެއްކޮޅަށް 180 ޑޮލަރަށް ދަތުރުކުރެވޭ އިރު ދެކޮޅު ޓިކެޓުގެ އަގަކީ 354 ޑޮލަރެވެ.

ސްރީ ލަންކަން އެއާލައިންސްގެ ޓިކެޓުތަކުގެ އަގު ދާދި ފަހުން އެގައުމުގެ ސަރުކާރުން ވަނީ ހެޔޮކޮށްފައެވެ. ލަންކާ ސަރުކާރުގެ މިނިންމުމަކީ ލަންކާއަށް މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަނެ ފަތުރުވެރިން އިތުރުކުރުމަށް ނިންމި ނިންމުމެކެވެ.