ގެސްޓް ހައުސެއްގެ ކޮޓަރިއެއްގެ ތެރޭގައި ބަނގުރާ ބޭނުންކޮށްގެން ބަދުއަޚްލާޤީ އަމަލު ހިންގި މައްސަލައަކާ ގުޅިގެން ހިތަދޫ މީހަކާ އެކު އިތުރު މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމައި ދަޢުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ދަޢުވާ ކުރަން ޕީޖީ ފޮނުވާފައި ވަނީ ޢުމުރުން 17 އަހަރުގެ އަންހެން ކުއްޖަކާއި ސ. ހިތަދޫ، ފޮނުތޮށިމާގެ، ނާޒިމް ޢަލީ. 37، އާއި މާލެ، ވ. ހެދޭކުރި، މަރިޔަމް ދޫމާ 31 ގެ މައްޗަށެވެ.
މި މީހުންގެ މައްޗަށް ދައުވާ ކުރަނީ މި އަހަރުގެ ޖެނުއަރީ 23 ވަނަދު ވަހުގެ 22:00 އެހާކަށްހާ އިރު މާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި ބަޔަކު މީހުން ބަނގުރާ ބޭނުންކޮށްގެން ތިބެ ބަދުއަޚްލާޤީ އަމަލު ހިންގަމުން ދިޔަ މައްސަލަ އާ ގުޅިގެންނެވެ.
މި މައްސަލައި ޕީޖީ އަށް ފޮނުވާފައި ވަނީ މި މަހުގެ ޖޫން ހަ ވަނަ ދުވަހު އެވެ.