Last Updated: June 6, 20:16
Saturday, June 6, 2026
ޚަބަރު

ކޯސްޓު ގާޑު އިމާރާތް ތަޅާލަނީ

photo: vnews

އެމްއެންޑީއެފްގެ ކޯސްޓު ގާޑު އިމާރާތް ތަޅާ، ސާފުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ފިނޭންސުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޯސްޓުގާޑު އިމާރާތް ތަޅާލައި، ބިން ސާފުކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. އަދި އެކަން ކުރުމަށް ބީލަން ހުށައެޅުމަށް އިއުލާންކޮށްފައިވެއެވެ.

މާދަމާ އިން ފެށިގެން މިމަހުގެ 24 ގެ ނިޔަލަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ކޮންމެ ފަރާތަކުން ވެސް 500ރ. ދައްކަން ޖެހޭނެ ކަމަށް މިއިއުލާނުގައި ބުނެފައިވެއެވެ. އަދި މިފީ އަކީ ނޮން ރިފަންޑަބަލް ފީއެއް ކަމަށް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

އިމާރާތް ތަޅާލަން ނިންމާފައިވާ ވަކި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.