Last Updated: June 10, 00:02
Tuesday, June 9, 2026
ސިޔާސީ

އެމްޑީޕީގެ ވާހަކަތަކަށް އިޖާބަ ނުދޭން ޕީޕީއެމުން ގޮވާލައިފި

ރަޝީދު ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކާ އިރު މައުމޫނާއި އަބްދުއްރަހީމް އަޑު އައްސަވަނީ.

ޕީޕީއެމްގެ މެމްބަރުންތައް އެ ޕާޓީން ވަކިވެ، އެ ޕާޓީ އާ ގުޅެމުންދާ ކަމަށާއި ގުޅުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެ އެމްޑީޕީން ފަތުރާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ އެ ވާހަކަތައް ގަބޫލް ނުކުރުމަށް ޕީޕީއެމްގެ އައްޑޫ އިސް ހަރަކާތްތެރިއެއް ކަމަށްވާ އިބްރާހީމް ރަޝީދު ވަޖުދީ ގޮވާލައިފި އެވެ.

"އެއީ ޕީޕީއެމްގެ އަގު ވައްޓާލައި، ރައްޔިތުންގެ މެދުގައި ހިޔާލު ކިލަނބުކޮށް، ޕީޕީއެމް އަށް ކުރަމުންދާ ތާއީދު ކުޑަ ކުރަން އެމްޑީޕީން ކުރާ މަސަައްކަތެއް،" ރަޝީދުގެ އެފްބީ ސްޓޭޓަސްގައި ބުނެފައިވެ އެވެ. "އެކަންތައްތަކަށް އިޖާބަ ނުދިނުމަށް އަދި މާޔޫސް ނުވުމަށް ޕީޕީއެމްގެ ސަޕޯޓަރުންނަށް އިލްމާސް ކުރަން."

އޭނާ މިގޮތަށް ވިދާޅުވެފައިވާ އިރު، ޕީޕީއެމްގް ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އެ ޕާޓީގެ ތަރުޖަމާނުކަމުން މިއަދު ވަނީ އިސްތިއުފާ ދީފަ އެވެ.
އަދި މަހުލޫފް އެމްޑީޕީ އާ ގުޅެން އުޅޭ ކަމުގެ އަޑުތަކެއްް ވަނީ ފެތުރިފަ އެވެ.