Last Updated: July 12, 05:02
Sunday, July 12, 2026
ޚަބަރު

އައްޑޫ ހައުސިންގ ޔުނިޓްސް ގެ ކަރަންޓު އަދި ފެނުގެ ޙިދުމަތް ފެނަކަ އަށް

އައްޑޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގައި ބޭނުންކުރާ ފެނާއި ކަރަންޓް މީޓަރުތައް ހަރުކުރުމުގެ މަސައްކަތް ފެނަކަ އާއި ހަވާލުކޮށްފައިވާ ކަމަށް އައްޑު ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ޞޯދިޤް (ސޯބެ) ވިދާޅުވީ ހިތަދޫގައި ގާއިމްކޮށްފައިވާ ހައުސިން ޔުނިޓްސް ތަކުގެ ކަރަންޓު އަދި ފެނުގެ ޙިދުމަތް ދިނުމުގެ ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެމަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށް ފެނަކައިން ބުނެއިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ މި މަސަައްކަތްތަކަކީ ބުރަ މަސައްކަތަކަށްވާއިރު މަސައްކަތް ނިންމާލެވޭނެ ތާރީހެއް ފެނަކައިން ބުނެފައި ނުވާކަމަށެވެ. އަދި މަސައްކަތަށް ބޭނުންވާ ސާމާން ހަފްތާއެއްގެ ތެރޭގައި ލިބޭނެ ކަމަށް ފެނަކައިން ބުނެފައިވާކަމަށް ސޯބެ ވިދާޅުވިއެވެ.

ފްލެޓުތައް ދޫނުކުރެވިގެން އުޅޭ މައިގަޑު ސަބަބަކީ އެތަނަށް ކަރަންޓާއި ނަރުދަމާގެ ހިދްމަތް ނުދެވި ހުރުމުންނެވެ.