Last Updated: May 6, 09:32
Tuesday, May 6, 2025
ޚަބަރު

ބަނގުރާ ކައްކަން ތިބި ދެ މީހަކު ހައްޔަރުކޮށްފި

ސ. ހިތަދޫ އީދިގަލި ކުޅި ސަރަހައްދުގައި ބަނގުރާ ކައްކަން ތިބި ބަޔަކު، ބަނގުރާ ކަމަށް ބެލެވޭ ފުޅިއަކާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގައި ހައްޔަރު ކުރީ ދެ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މީހުންގެ އަތުން ބަނގުރާ ކައްކަން ބޭނުން ކުރާ ތަކެއްޗާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 1.5 ލީޓަރުގެ ފުޅިއެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމަކު ހައްޔަރު ކުރި ދެ މީހުންނާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.