Last Updated: June 6, 20:16
Saturday, June 6, 2026
ޚަބަރު

ސަސްޕެންޑުކުރި ފުލުހުންގެ ދިފާއުގައި ގިނަ ފުލުހުންތަކެއް ތެދުވެއްޖެ

ފުލުހުންތަކެއް ---

މާލޭގެ ގެއަކުން މީހަކު ހައްޔަރުކުރުމުގައި އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮށް ތަޅާ އަނިޔާކުރި ވީޑިއޯއެއް އާންމުވެ، 7 ފުލުހަކު ސަސްޕެންޑު ކުރުމާއި ގުޅިގެން ގިނަ ފުލުހުންތަކެއް އެމީހުންގެ ދިފާއުގައި ސޯޝަލް މީޑިޔާގައި ވަކާލާތު ކުރަން ފަށައިފިއެވެ.

ފުލުހުންތަކެއް ވަނީ ފޭސްބުކްގައި ޕްރޮފައިލް ފޮޓޯ ކަޅު ކުލައަށް "ވިތް ޑީއީޑީ" ފޮޓޯއަކަށް ބަދަލުކޮށްފައެވެ. ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ވަނީ 7 ފުލުހަކު ސަސްޕެންޑު ކުރުމުގެ އިތުރުން ޖިނާއީ ތަހުގީގެއް ވެސް ހިންގަން ފަށާފައެވެ.

މާފަންނު ގެއެއްގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 471 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވާއިރު ފުލުހުން ވަނީ އެގޭ ތެރޭގައި ބިދޭސީއަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ.

އަނިޔާކުރި ވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކު ވަނީ ފުލުހުންގެ މިއަމަލު ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި މަސްތުވާތަކެތި ހުއްޓުވުމަށް ހެދިފައި އޮންނަ ޑީއީޑީ ޑިޕާޓްމަންޓުގެ ފަރާތުން މިފަދަ ކަންކަން އާންމުކޮށް ފެނިގެންދާ ކަމަށް ގާނޫނީ ވަކީލުން ވަނީ ތުހުމަތުކޮށްފައެވެ.