Last Updated: April 26, 18:07
Friday, April 26, 2024
ކުޅިވަރު

އައްޑޫ ސްޓޭޑިއަމްގެ މަސައްކަތް ފަސް ދުވަސްތެރޭ ނިންމަނީ

މިމަހުގެ 20-29 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޔުއެފާ ޔޫތް މުބާރާތަށް އައްޑޫ ސިޓީގެ ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށް އޮތް ފަސް ދުވަސް ތެރޭ އެއްކޮށް ނިންމާލެވޭނެކަމަށް ސްޓޭޑިއަމްގެ ހިންގެވުމާ ހަވާލުވެ ހުންނެވި ހާރިސް ވިދާޅުވެއްޖެއެވެ.

އައްޑޫލައިވް އަށް މައުލޫމާތު ދެއްވަމުން ހާރިސް ވިދާޅުވީ އިމާރާތުގެ އެތެރޭގެ ހުރިހާ މަސައްކަތެއް މިހާރު އެއްކޮށް ނިމިފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ފަސް ދުވަސް ތެރޭ ބޭރު ފާރުތަކުގައި ކުލަ ލުމުގެ މަސައްކަތް ނިމި، އެއްކޮށް މަސައްކަތް ނިމިގެން ދާނެ ކަމަށެވެ.

މިމުބާރާތުގައި ބައިވެރިވާ ޓީމުތައް މިމަހު 18 ވަނަ ދުވަހު އައްޑޫ އަށް އައުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމް އިން މައުލޫމާތުދެއެވެ.

މި މުމުބާރާތަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އައްޑޫ ސިޓީ ކައުންސިލުންނާއި އެފްއޭއެމް އިން އަންނަނީ ކުރަމުންނެވެ.

އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އަދި ޔޫއޭފާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ބައިނަލް އަޤުވާމީ މިމުބާރާތުގައި ރާއްޖޭގެ އިތުރުން ބޫޓާން، ސައުދީ އަރަބިޔާ އަދި ލަޓްވިޔާގެ ފަނަރަ އަހަރުން ދަށުގެ ޤައުމީ ޓީމުން ވާދަކުރެއެވެ.