Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ފެނަކައިގެ އެސެޓު ރަޖިސްޓްރީއެއް ނެތް: ސައީދު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސައީދު މުހައްމަދު، ފޮޓޯ: ރާއްޖެއެމްވީ

ފެނަކަ ކޯޕަރޭޝަންގެ އެސެޓު ރަޖިސްޓްރީއެއް ނެތް ކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ކޮމެޓީގައި މަޖްލިސް މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ކުންފުނީގެ އެސެޓް ރެޖިސްޓްރީއެެއް މިހާތަނަށް ގާއިމް ކުރެވިފައި ނުވާ ކަމަށެވެ.

ސައީދު ވިދާޅުވީ ކުންފުނީގެ އެސެޓް ރަޖިސްޓްރީގެ ގޮތުގައި މިހާރު އޮތް ރަޖިސްޓްރީ އަކީ ސައްހަ ރަޖިސްޓްރީއެއް ނޫންކަމަށެވެ. އަދި އެކަމަކީ ސީރިއަސް މައްސަލައެއް ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ކުންފުނީގެ ދާއިމީ އެސެޓް ރަޖިސްޓްރީއެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުންފުނީގެ ސައްހަ އެސެޓް ރަޖިސްޓްރީއެއް މިއަންނަ ސެޕްޓެމްބަރު މަހު ގާއިމް ކުރެވޭނެކަމަށެވެ.

ތަފްސީލް އަންނަނީ……