Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

އައްޑޫ އެއާޕޯޓު ކޮމްޕެނީ ބޯޑު މެމްބަރުން ކޮމެޓީއަށް ހާޒިރު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 16ވަނަ ބައްދަލުވުން

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެމްބަރުން ރައްޔިތުންގެ ސަރުކާރުގެ ކުންފުނިތަކާއި ގުޅޭ ކޮމެޓީއަށް ހާޒިރު ކުރުމަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ކުންފުނިތަކާއި ގުޅޭ ކޮމެޓީގެ މެމްބަރު ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އެ ކުންފުނީގެ ބޯޑު މެމްބަރުން ހާޒިރު ކުރުމަށް ހުށަހެޅުއްވީ އައްޑޫގެ އެއާޕޯޓް ވީރާނާ ވެގެން ދާއިރު ވެސް އެ ކުންފުނިން އެއާޕޯޓު މަރާމާތު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ ކަމަށެވެ.

ނިހާދު ވިދާޅުވީ ގަން އެއާޕޯޓަކީ އައްޑޫގެ ތަރައްޤީގެ މައި ދޮރާށި ކަމަށެވެ. ނަމަވެސް އައްޑޫ އެއާޕޯޓު ތަރައްޤީ ކުރުމަށް ކުރާ މަސައްކަތެއް ފެނިގެން ނުދާކަމަށެވެ.

ނިހާދު ވިދާޅުވީ އެެއާޕޯޓުގެ މެއިންޓަނެންސްގެ މަސައްކަތްވެސް ހުރީ ވަރަށް ދަށް ފެންވަރެއްގައި ކަމަށެވެ. އަދި އެކި އެއާލައިންތަކަށް ތަފާތު ގެންގުޅޭ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

ކޮމެޓީން ވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެމްބަރުން ކޮމެޓީއަށް ހާޒިރު ކުރުމަށް ފަސް ދުވަހުގެ ނޯޓިސްއެެއް ދީފައެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ އަކީ ދިވެހި ސަރުކާރުގެ 70 އިންސައްތަ ހިއްސާ އާއި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ އަފީފުގެ ހިއްސާ އޮންނަ ކާސާ މޯލްޑިވްސްގެ 30 ޕަސެންޓު ހިއްސާވާ ކުންފުންޏެކެވެ.