Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

ވައިގޮޅިން ވެއްޓުނު އުމުރުން ދުވަސްވީ މީހާ މަރުވެއްޖެ

މާފަންނު ގެއެއްގެ ހަތަރުވަނަ ފަންގިފިލާއިންއިން ވެއްޓުނު އުމުރުން ދުވަސްވީ އަންހެން މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ 1:33 ހާއިރު ކަމަށާއި ފުލުހުން އެ ގެއަށް ގޮސް ވެއްޓުނު އަންހެންމީހާ ވައިގޮޅިން ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްދީފައިވާ ކަމަށެވެ. އޭނާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ދިއުމުގެ އިތުރުން ކަނާތު ފައިގެ ފަލަމަސްގަނޑާ ހަމައިން ބިނދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އުމުރުން 76 އަހަރުގެ އެ އަންހެން މީހާ މަރުވެފައިވަނީ އައިޖީއެމް އެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހްގީގު ކުރަމުންނެވެ.