Last Updated: April 26, 17:02
Friday, April 26, 2024
ޚަބަރު

އައްޑޫ ކައުންސިލް ޤުރުއާން މުބާރާތުގެ އެއްވަނަ ހިރާ ސްކޫލަށް

އައްޑޫ ސިޓީ ކައުންސިލުގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ 1 ވަނަ ހިރާ ސްކޫލުން ހޯދައިފި އެވެ.

މުޅި މުބާރާތުން އެންމެ މޮޅު ސްކޫލަކަށް ހިރާ ސްކޫލް ހޮވުނުއިރު 2 ވަނަ ހޯދީ ސ.އަތޮޅު މަދުރަސާ އެވެ.

މުޅި މުބާރާތުން 1 ވަނަ ހޯދި ދަރިވަރަކީ ސ.އަތޮޅު މަދުރަސާގެ ދަރިވަރު އައިޝަތު ލީޝް ހަމީދު އެވެ. ދެވަނަ ހޯދައިފައިވަނީ އައްޑޫ ހައި ސްކޫލްގެ ދަރިވަރު މުރުޝިދުލް އަމީން އެވެ. އަދި ތިންވަނަ ހޯދީ ހިތަދޫ ސްކޫލްގެ ދަރިވަރު އަހްމަދު ދާނިޝް ޖިހާދް އެވެ.

ޖުމްލަ 6 އުމުރުފުރާއަކުން ބައިވެރިވެފައިވާ މި މުބާރާތުގެ ހުރިހާ އުމުރުފުރާއިންވެސް ވަނީ ބަލައިގެން އަދި ނުބަލާ ކިޔުމުގެ ގޮފިން ވަނަ ވަނައަށް ދިޔަ ކުދިންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްފައިއެެވެ.

އައްޑޫގެ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި އައްޑޫގެ 15 ސްކޫލަކުން 279 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.