Last Updated: March 29, 14:00
Friday, March 29, 2024
މުނިފޫހިފިލުވުން

ނިކީ މިނަޖް "ޖިއްދާ ވާލްޑް ފެސްޓް"ގައި ޕާފޯމް ނުކުރަން ނިންމައިފި

ފާޑުކިޔުންތައް އަމާޒުވެ އެމެރިކާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ސައުދީ އަރަބިއާގައި ބާއްވާ "ޖިއްދާ ވާލްޑް ފެސްޓް" ކޮންސަޓްގައި ޕާފޯމް ނުކުރަން ނިންމައިފިއެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން ނިކީ ޕާފޯމް ކުރާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. ނިކީ އަކީ އާއްމުކޮށް ނިވާކަން ކުޑަ ހެދުންތައް ލައިގެން ޕާފޯމް ކުރާ ތަރިއަކަށް ވަތީ، ސައުދީގައި ޕާފޯމް ކުރަން ދައުވަތު ދިނުމުންވެސް ގިނަ ބަޔަކު ވަނީ ހައިރާންވެފައެވެ.

އެކަންތައް އެހެން އޮވެ ޝޯ ބާއްވަން ދިހަ ދުވަހަށް ވެފައި ވަނިކޮށް އޭނާ ޕާފޯމް ނުކުރާނެ ކަމަށް ބުރާސްފަތި ދުވަހު އިންސްޓަގްރާމް މެދުވެރިކޮށް ވަނީ ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

ޖިއްދާ ވާލްޑް ފެސްޓުގެ ރަސްމީ ވެބްސައިޓުންވެސް ވަނީ ޕާފޯމަ ކުރާ ތަރިންގެ ތެރެއިން ނިކީގެ ނަން ނަގައިފައެވެ.

އެ ވެބްސައިޓުގައި ބުނެފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ނިކީ ޕާފޯމް ކުރަން ހަމަޖެހިފައިވާ ޝޯ އަމިއްލަ ސަބަބުތަކަށްޓަކައި ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި ޓިކެޓް ރިފަންޑް ކޮށްދޭނެ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.