Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ނާއިބް ރައީސް ފައިސަލް ނަސީމް އައްޑޫ ސިޓީ އަށް ވަޑައިގެންފި

ނާއިބް ރައީސް ފައިސަލް ނަސީމް އައްޑޫ ސިޓީ އަށް ވަޑައިގެންފިއެެވެ.

މި ދަރުރުފުޅުގައި އެމަނިކުފާނާ އެކު ހެލްތް މިނިސްޓރ އަބްދުﷲ އަމީން އަދި އެންވަރަމެންޓް މިނިސްޓަރ ޑރ.ހުސެއިިން ރަޝީދު ހަސަންވެސް ބައިވެރި ވަޑައިގެންނެވިއެވެ.

އެގޮތުން ހުޅުދޫ އަށް ވަޑައިގެން އެ ރަށުގެ މަގު ހަދާ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވައިލެއްވުމަށްފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ފޭދޫ އަށެވެ. ފޭދޫ އަށްފަހު ހިތަދޫ އައްޑޫ ހައި ސްކޫލަށް ނައިބު ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، އެއަށްފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާ އަށެވެ.

އެއަށްފަހު ހިތަދޫގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތާއި، އައްޑޫ ކޮންވެންޝަން ސެންޓަރުގައި ހަދަމުން އަންނަ އާ ހޮސްޕިޓަލު ވެސް މި ދަތުރުފުޅުގައި ނައިބު ރައީސް ބައްލަވާލައްވާނެއެވެ.

އައްޑޫ އަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް ފުވައްމުލަކަށް ވަޑައިގަންނަވާނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ނައިބު ރައީސް އައްޑޫ އަށް ވަޑައިގަންނަވާއިރު، މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ވެސް އެމަނިކުފާނު އައްޑޫ އަށް ވަޑައިގެންނެވިއެވެ.މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އައްޑޫ ސިޓީ ހުޅުދޫ އަށެވެ.