Last Updated: April 18, 22:36
Thursday, April 18, 2024
މުނިފޫހިފިލުވުން

"ލީނާ"ގެ ފުރަތަމަ ޕްރޮމޯޝަނަލް ލަވަ ދައްކާލައިފި

"ލީނާ"ގެ ފުރަތަމަ ޕްރޮމޯޝަނަލް ލަވަ ރިލީޒް ކޮށްފިއެވެ.

"ނޭވާލާ ހިނދު" ގެ ނަން ދީފައިވާ މަޑުމައިތިރި މި ލަވައިން ފެނިގެންދަނީ ފިލްމްގެ ދެ ތަރިން ކަމަށްވާ މަރިޔަމް އައްޒަގެ އިތުރުން އަލީ އާޒިމް(ދޮން އައްޔަ) އެވެ. މި ލަވަ ކިޔާދީފައިވަނީ ފުރަތަމަ "ވޮއިސް އޮފް މޯލްޑިވްސް" ގެ ޓައިޓަލް ކާމިޔާބުކުރި ފަންނާނު ހަސަން ތޮލާގް ގެ އިތުރުން މަޝްހޫރު ލަވަ ކިޔުންތެރިޔާ ލަމްހާ ލަތީފްއެވެ.

މުހައްމަދު އަބްދުލް ޢަނީ(ތޭރަވާ)ގެ ޅެމަކަށް އިބްރާހިމް ޒައިދު(ކުޑަ އިއްބެ) މިއުޒިކް ހަދާ ދީފައިވާ މި ލަވައިގެ ވީޑިއޯ ނަގާފައިވަނީ މަޝްހޫރު ސިނަމަޓޯގްރަފަރ މުހައަމަދު ވިޝާން(ކަނޑި) ގެ އިތުރުން ހަސަން ހަލީމް(ކޮކޯ)އެވެ.

ޖުލައި 23 ގައި ވަރަށް ކުލަގަދަކޮށް އޮލިމްފަހުގައި ރިލީސް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގައި އައްޒަ އާއި ދޮން އައްޔަގެ އިތުރުން ފެނިގެން ދާނީ އަބްދުﷲ މުއާޒު، ޒީނަތު އަައްބާސް، އަހުމަދު ނިމާލް، ނުޒުހަތު ޝުއައިބް(ނުޒޫ)، އަހުމަދު އީސަ (އާނަންދު) އަދި އަހުމަދު ސައީދު އެވެ.

"ލީނާ" އަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް އެކްޓަރު އަބްދުﷲ (މުއާ) ގެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.