Last Updated: April 24, 17:25
Wednesday, April 24, 2024
ޚަބަރު

ހިލަ އާއި ހިލަވެލި ހިފައިގެން ދިޔަ ދޯންޏެއް އަޑިއަށް ގޮސްފި

ހިލަ އާއި ހިލަވެލި ހިފައިގެން ދިޔަ "ދުވެލި" ނަމަކަށް ކިޔާ ދޯންޏެއް އަޑިއަށް ގޮސްފިއެވެ.

4 މިހުންނާ އެކު ދަތުރުކުރި މި ދޯނި އަޑިއަށް ގޮސްފައިވަނީ ހުޅުމާލެ ކައިރިންކަމަށް އެމްއެންޑިއެފް އިން ބުނެއެވެ. އަދި ދޯނި އަޑިއަށް ދިޔަ ސަރަހައްދުގައި އެމްއެންޑިއެފް މާލެ އޭރިއާގެ ސީޖީ ސްކުއަޑްރަން އިން ދަނީ ހަރަކާތްތެރިވަމުން ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވައެވެ.

ދޯނީގައި ތިބީ 3 ބިދޭސީންނާއި ދިއްވެސެކެވެ. ދޯނި އަޑިއަށް ދިޔުމުން ދޯނީގައި ތިބި މީހުންވަނީ ފަތާފައި ހުޅުމާލެ އަށް އަރާފައެވެ.

މި ހާދިސާ އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 11:34 ހާއިރުއެވެ.