Last Updated: June 15, 16:56
Monday, June 15, 2026
މީހުން

ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރަކަށް އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު، މިނިސްޓަ އޮފް ސްޓޭޓް ފޮ ފިޝަރީޒް އެންޑް އެގްރިކަލްޗަގެ މަގާމަށް ހއ. އުތީމު ފެންފިޔާޒުގޭ އަބްދުއްރަޙީމް ޙަސަން ޢައްޔަން ކުރައްވައިފި އެވެ.

ގައުމީ ޕާޓީ އަށް ނިސްބަތްވާ އަބްދުއްރަހީމް މިހާތަނަށް ހުންނެވީ، މިނިސްޓަ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަގެ ނައިބުގެ މަގާމުގަ އެވެ.

ގައުމީ ޕާޓީ އަށް ނިސްވަބްވާ ޓޫރިޒަމް މިނިސްޓްރީގެ ނައިބް މުހައްމަދު މަލީހް ޖަމާލާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ އަމީން، ގައުމީ ޕާޓީގެ ރައީސް އަދި ރައީސްގެ އެޑްވައިޒަރު ޑރ. ހަސަން ސައީދުގެ އެންގެވުމަކަަށް އެ ދެ ބޭފުޅުން އިއްޔެ ވަނީ މަގާމުން ވަކި ކުރައްވާފަ އެެވެ.

އެ ބޭފުޅުން މަގާމުން ވަކި ކުރެއްވީ ރިޔާސީ އިންތިހާބުގައި ގައުމީ ޕާޓީން ތާއިދު ކުރާ މިހާރުގެ ރައީސް ޑރ. ވަހީދަށް ތާއީދު ކުރެއްވުމުގެ ބަދަލުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދު ކުރަން ނިންމުމުންނެވެ.

އެހެންވެ އެ ބޭފުޅުން ނިންމާފައި ވަނީ ޕީޕީއެމާ ގުޅިވަޑައިގަތުމަށެވެ.