Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ދެކުނަށް މޫސުން ގޯސްވެ ވައިޓު އެލާޓް ނެރެފި

ދެކުނުގެ ދެއަތޮޅަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލަރޓްނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓްނެރެފައިވަނީ ގއ.އަތޮޅާއި އައްޑޫސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ. ވައިިޓް އެލާޓް ނެރެފައިވަނީ މިރޭ22:30އިން މެންދަމު03:30އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނާއި މެދުތެރޭ އެކިހިސާބަށް ވިއްސާރަ ކުރާނެކަމަށާ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އުތުރުގެ ބައެއް އަތޮޅުތަކަށް ވެސް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެކަ މަށްވެސް ލަފާކުރެވޭ ކަމުގައި މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް އެއިދާރާއިން ލަފާކުރެއެވެ.

އައްޑޫ ސިޓީގެ ބައެއް ހިސާބުތަކަށް މިއަދުވަނީ އުދަ އަރައިފައެވެ.