Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

"ބާގް މިލްކާ ބާގް" ޖުލައި 12 ގައި

އިންޑިއާގެ މަޝްހޫރު އެތުލީޓް މިލްކާ ސިންގުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ބާގް މިލްކާ ބާގް" ޖުލައި މަހުގެ 12 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ހަމަޖެހިފައިވާ އިރު، މިހާތަނަށް ޔޫޓިއުބްގައި އާންމު ކުރި ފިލްމްގެ ޓްރެއިލާތަކަށް ވެސް ގިނަ ބައެއްގެ ސަމާކުކަން ހުއްޓިއްޖެ އެވެ.

މި ފިލްމްގައި މިލްކާގެ ރޯލް އަދާކޮށްފައި ވަނީ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު/ސްކްރީންރައިޓާ/ލަވަ ކިޔުންތެރިޔާ ފަރްހާން އަހުތަރެވެ.

މިލްކާގެ ކެރެކްޓާ އަށް ފިޓްވުމަށްޓަކައި އޭނާ ވަނީ ހަށިގަނޑަށް ވެސް، ބޮޑެތި ބަދަލުތަކެއް، ބުރަކޮށް މަސައްކަތްކޮށްގެން ގެނެސްފައިވެ އެެވެ.
މި ފިލްމްގައި މިލްކާގެ ކުޑަ އިރުގެ ދުވަސްތަކުން ފެށިގެން ގޮސް ކާމިޔާބް އެތުލީޓަކަށްވުމަށް އޭނާ ކޮށްފައިވާ ބުރަ މަސައްކަތް ފިލްމްގައި ވަރަށް ރަނގަޅަށް ގެނެސް ދީފައިވާނެ ކަމަށް ފިލްމް ހެދި ޓީމުން ބުންޏެވެ.

ފަރްހާން އާ އެކު "ބާގް މިލްކާ ބާގް" ގައި ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ސޯނަމް ކަޕޫރެވެ.

މިއީ "ރަންގް ދެ ބަސަންތީ" އާއި "ދިއްލީ 6" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.