Last Updated: April 26, 23:59
Saturday, April 27, 2024
މުނިފޫހިފިލުވުން

ކަރަން ޖޯހަރުގެ އާ ފިލްމަށް ޖާންވީ އާއި އިޝާން

ފިލްމު ދަޅަކް އިން ވިދާލި ތަރިން ކަމުގައިވާ ޖާންވީ ކަޕޫރާއި އިޝާން ކައްޓަރު ކަރަން ޖޯހަރުގެ އާފިލްމަށް ހޮވައިފިއެވެ.

އިޝާން އަދި ޖާންވީ ދަޅަކްގައި ދެއްކި ހުނަރަށް ތައުރީފު ލިބިގެންގޮސްފައިވާއިރު، އެ ދެތަރިންގެ ކެމިސްޓްރީއަކީ ވެސް ސަޕޯޓަރުންގެ ތެރޭގައި މަގުބޫލު ކަމެކެވެ. އެހެންކަމުން އަލުން މިދެތަރިން އެކީގައި ފެންނާނެ ވަގުތެއްގެ އިންތިޒާރުގައި ތިއްބާ މިހާރު މިވަނީ އެއުފާވެރި ހަބަރުވެސް ލިބިފައެވެ.

ކަރަން ނެރެން އުޅެނީ ރޮމޭންޓިކް ތްރިލާއެކެވެ. ފިލްމުގެ ނަމެއް އަދި ހާމައެއް ނުކުރެއެވެ. ފިލްމު ރިލީޒް ކުރަނީ އަންނަ އަަހަރު އެވެ.

ޖާންވީ މިވަގުތު ދަނީ ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ "ތަޚްތު"، "ރޫހީ އަފްޒާ" އަދި "ދަ ގުންޖަން" އެވެ.