Last Updated: April 25, 06:02
Thursday, April 25, 2024
ކުޅިވަރު

ޔުއެފާ ޔޫތް މުބާރާތުގައި ވާދަކުރާ ދިވެހި ޓީމު އައްޑޫ އަށް

އައްޑޫ ސިޓީގައި ބާއްވާ ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯލް މުބާރާތުގައި ވާދަކުރާ ޓީމްތައް އައްޑޫ އަށް އަންނަން ފަށައިފި އެވެ.

އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އަދި ޔޫއޭފާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ބައިނަލް އަޤުވާމީ މިމުބާރާތުގައި ރާއްޖޭގެ އިތުރުން ބޫޓާން، ސައުދީ އަރަބިޔާ އަދި ލަޓްވިޔާގެ ފަނަރަ އަހަރުން ދަށުގެ ޤައުމީ ޓީމުން ވާދަކުރެއެވެ.

އެގޮތުން އެންމެ ފުރަތަމަ އައްޑޫ އަށް އައިސްފައިވަނީ ރާއްޖޭގެ 15 އަހަރުން ދަށުގެ ޤައުމީ ޓީމެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް އިން ދިވެހި ޓީމަށް މަރުހަބާ ދެންނެވީ އެފްއޭއެމްގެ އިސް ބޭފުޅުންނެވެ.

ބޫޓާންގެ ޓީމް އަދި ލަޓްވިޔާގެ ޓީމް އައްޑޫ އަށް އައުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަދި ސައުދީ ޓީމް އައުމަށް ހަމަޖެހިފައިވަނީ މިރޭއެވެ.

ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯލް ޓޯނަމަންޓް ކުރިއަށް ދާނީ މި މަހުގެ 20 ވަނަ ދުވަހުން 29 ވަނަ ދުވަހާ ހަމައަށެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.

މުބާރާތުގެ މެޗުތައް ކުޅުމަށް އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ވަނީ ގެނެސްފައެވެ.