Last Updated: April 27, 09:13
Saturday, April 27, 2024
ޚަބަރު

ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަނީ

އައްޑޫ ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދުމަށް އާންމުކޮށް އިއުލާން ކޮށްފިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޝަރުތުފުރިހަމަވެ، ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޯގަސްޓު މަހުގެ 4 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަން ހުށައެޅުމަށެވެ.

ގަމުގައި މިހާރު ފްލައިން ސްކޫލް ހިންގަމުން އަންނަ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް އިން ވަނީ އަންނަ އަހަރު ފްލައިން ސްކޫލް މާފަރު އެއާޕޯޓަށް ބަދަލުކުރަން ނިންމާފައެވެ. އެމީހުން ބުނެފައިވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ގަމުގެ ކުލި ބޮޑުކޮށްފައިވާތީ ދެން ގަމުގައި ސްކޫލްގެ ޚިދުމަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.