Last Updated: April 24, 19:12
Wednesday, April 24, 2024
ކުޅިވަރު

މޮޅަކާއެކު މުބާރާތް ފަށަން ރާއްޖެ އޮތީ ތައްޔާރަށް

އުއްމީދަކީ މިއަދުގެ މެޗުން މޮޅުވުުން ކަމަށް ރާއްޖޭގެ 15 އަހަރުންދަށުގެ ޤައުމީ ޓީމްގެ ކެޕްޓަން މުހައްމަދު ޚަނަން އާދަމް ބުނެފިއެެވެ.

އައްޑޫ ސިޓީގައި ބާއްވާ ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯލް މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ރާއްޖެ އިން ބޫޓާންއާ ދެކޮޅަށް ނިކުންނައިރު އެ މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަމުން ޤައުމީ ޓީމްގެ ކެޕްޓަން ޚަަނަން ބުނީ ޓީމް އޮތީ މެޗަށް ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށާއި މެޗުން މޮޅުވުމަށް ހުރިހާ ކުޅުންތެރިން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރާއްޖެ ޓީމުގެ ކޯޗު އިބްރާހީމް ހަލީމް (ޖަޑާ) ބުނީ މި މުބާރާތުގައި ރާއްޖެއަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ލެޓްވިއާ އާއި ސައުދީ އަރަބީއްޔާގެ ޓީމު ކަމަށެވެ. އަދި ބޫޓާން އަކީ ރާއްޖެ އަށް ވާދަކޮށް މޮޅުވެވޭނެ ޓީމެއް ކަމަށް ޖަޑާ ބުންޏެވެ.

ބޫޓާންގެ ކެޕްޓަން އަދި ކޯޗް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ މޫސުން މިހާރު އޮތް ގޮތުން ފައިދާ ލިބެނީ ބޫޓާނަށް ކަމަށާއި ނަމަވެސް ރާއްޖެ ޓީމުގެ ކުޅުން އަދި ފެނިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް އެޓީމުން ވެސް މަސައްކަތް ކުރާނީ މިއަދުގެ މެޗުން މޮޅުވެ މުބާރާތުގެ ފައިނަލާ ހަމައަށް ދިޔުމަށް ކަމަށް އޭނާ ބުންޏެވެ.

ރާއްޖެ އާއި ބޫޓާން ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.