ކަނޑުމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެ ކުރި ސ. ހިތަދޫ މީހަކާ އެކު އިތުރު ދެ މީހެއްގެ މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާ ކުރުމަށް ޕްރޮސެކިޔުޓަ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފި އެވެ.
މި މައްސަލައިގާ ދަޢުވާ ކުރުމަށް ޕޖީ އަށް ފޮނުވާފައި ވަނީ ހިތަދޫ، އަޝްރަފްމަންޒިލް، ވަޙީދާ ސަލީމް، 47، އާއި ބ.ގޮއިދޫ ނޫވިލު، ޝީޒާ ޢަބްދުއްސައްތާރު، 33، އަދި ޏ. ފުވައްމުލައް އަލްމަސްގެ، ޢަލީ އިމްރާން، 27، ގެ މައްޗަށެވެ.
މި ތިން މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އަަަަށް ފޮނުވީ 2011 ޑިސެމްބަރު 23 ވަނަދުވަހުގެ 08:23 އެހާކަށްހާ އިރު ފުވައްމުލަކަށް ކަނޑު މަގުން ދިޔަ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑާއި އެމީހުން އަތުގައި ހުރި ދަބަސް ބަލައި ފާސްކުރިއިރު އެމީހުން އަތުން ފެނުނު ޕެކެޓްތަކުގެ ތެރެއިން 2 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނިފައިވާ މައްސަލަ އާ ގުޅިގެންނެވެ.
މި މައްސަލައިގެ ތަޙުޤީޤު ނިންމައި ޕީޖީ އަށް ފޮނުވީ މި މަހުގެ 2 ވަނަ ދުވަހު އެވެ.