Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

ގައުމީ ޓީމަށް އައްޑޫން ސަޕޯޓު ދައްކަލާއް ވޭހެއް!

ރާއްދެ 15 އަހަރުން ދަށި ގައުމީ ޓީމު ޔުއެފާ އިން އިންތިޒާމުކޮށްގެން ބާއްވާ ޔޫތު މުބާރާއް އަދަ އައްޑޫ ސްޓޭޑިއަމި ފަށާކޯ ފެރެތުމަ މެޗާއި ކޮޅަނެއި ދިވެހި ޓީމާއި ބޫޓާނެ ގައުމީ ޓީމު.

މިމެޗާ އަދަ ހަވީރެއި 4:00 އިން މިއީ ރާއްދޭއި ޔުއެފާއެއި ގުޅިގެން ރާއްދެ ބާއްވާ މިކަހަލެއި ފެރެތުމަ މުބާރާއް. އެހެންވީމެއި ދިވެހި ޓީމަށް އައްޑޫ ރައްޔިތުންގެ ސަޕޯޓު ނިކަން ރަނގަޅާއް ދައްކަލާއް ވޭހެއް.

ވީހެއި އަސް ގިނަ ބޭފުޅުން އަދަ ހަވީރެއި ދަނޑަށް ގޮސް ގައުމީ ޓީމަށް ސަޕޯޓު ކޮށްދިނުމަކީ ޓީމާއި ކޯޗުގެ ވަރަށް ބޮނޑަ އެދުމަށް. ގައުމެ ކޮޅަނެކޯ ދިވެހިންނަކީ އަބަދަށަސް ގަދަ ބާކިން. މިފަހަރަސް ބޫޓާން ކުރިމައްތެ އެކަން ދައްކަލާއް ވޭހެއް.

ފެރެތުމަ މެޗާ ބޫޓާނާއި ދެކެޑަށް ކޮޅަނެކޯ ގައުމީ ޓީމު އޮތީ ބޫޓާން ބަލިކޮށް ފެށުން ރަނގަޅަ ކެރުމުގެ ވަރަށް ބޮނޑަ އުއްމީދަކި. އެހެންމެއި 12 ވަނަ ކުޅުންތެރިޔާގެ ރޯލު އަދާކޮށް ގައުމީ ޓީމަށް ހިއްވަރަ ދިނުމަކީ އަފިރިންގެ އައް މައްތެ އޮއް ކަމަށް. ހުށިހެއި ބޭފުޅުންނަސް އަދަ ހަވީރެއި ދަނޑަށް ވަޑަގެން ސަޕޯޓު ކޮއްލާ ވޭހެއް.