Last Updated: May 3, 17:16
Friday, May 3, 2024
ކުޅިވަރު

ރާއްޖެ ފަދަ ހޫނު ތަނެއްގައި ކުޅުމަކީ ޗެލެންޖެއް: ލެޓްވިއާ ކޯޗް

ލަޓްވިއާ ކޯޗާއި ކެޕްޓަން އިއްޔެގެ ނޫސް ކޮންފަރެންސުގެ ތެރެއިން-

ރާއްޖެ ފަދަ ހޫނު ތަނެއްގައި ކުޅެން ޖެހުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ލެޓްވިއާގެ ކޯޗް ބުނެފިއެވެ.

އައްޑޫ ސިޓީގައި ބާއްވާ ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯލް މުބާރާތުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ސައުދިއަރަބިއްޔާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ލެޓްވިއާގެ ކޯޗު ބުނީ ފިނި ތަންތަނުގައި ކުޅެފައި އައިސް ރާއްޖެ ފަދަ ހޫނު ތަނެއްގައި ކުޅެން ޖެހުމަކީ ޓީމަށް އޮތް ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.

ނަމަވެސް މެޗަށް ވާންޖެހޭ ތައްޔާރީތައް ފުރިހަމަ އަށް ވެފައިވާ ކަމަށާއި އުއްމީދަކީ މޮޅަކާއެކު މުބާރާތް ފެށުން ކަމަށްވެސް އޭނާ ބުންޏެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދި އަރަބިއްޔާގެ ކޯޗް މުހައްމަދު އަމީން ބުނީ ޓީމު އޮތީ ވަރަށް ފުރިހަމަ އަށް މި މުބާރާތަށް ތައްޔާރުވެފައި ކަމަށެވެ. އެގޮތުން އަމާޒަކީ ކުޅޭ ހުރިހާ މެޗަކުން ވެސް މޮޅުވެ ފައިނަލަށް ދަތުރުކުރުން ކަމަށްވެސް އަމީން ބުންޏެވެ.

ސައުދި އަރަބއްޔާ އާއި ލެޓްވިއާ ބައްދަލުކުރާ މެޗް ފަށާނީ މިއަދު ހަވީރު 16:00 ގައެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.