Last Updated: April 25, 21:20
Thursday, April 25, 2024
ކުޅިވަރު

ޔުއެފާ އަންޑަ 15: މިއަދު އޮތީ ސައުދީއާއި ލެޓްވިއާގެ ކުރިމަތިލުމެއް

ލަޓްވިއާ ކޯޗާއި ކެޕްޓަން އިއްޔެގެ ނޫސް ކޮންފަރެންސުގެ ތެރެއިން-

ޔުއެފާ އާއި އެފްއޭއެމް އަދި މިނިސްޓްރީ އޮފް ސްޕޯޓްސް ގުޅިގެން އައްޑޫ ސިޓީގައި ބާއްވާ ޔުއެފާ އެސިސްޓް އަންޑަ 15 ފުޓުބޯޅަ މުބާރާތުގައި މިއަދު ސައުދީ އަރަބިއްޔާއާއި ލެޓްވިއާ ބައްދަލުކުރާނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ރާއްޖެ ވަނީ ބޫޓާން އަތުން ހަނިގޮތަކަށް، 1-2 އިން ބަލިވެފައެވެ. މިއަދުގެ މެޗުގައި ސައުދީއާ ލެޓްވިއާ ބައްދަލުކުރާއިރު ސައުދީ އޮތީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ލެޓްވިއާ އިން ބުނެފައިވަނީ ރާއްޖެ ފަދަ ހޫނު ގައުމެއްގައި ކުޅެން ޖެހުމުން އޭނާގެ ޓީމަށް ކޮންމެވެސް ވަރެއްގެ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ނަމަވެސް ޓީމު އޮތީ ވަރަށް ބޮޑަށް މެޗަށް ތައްޔާރުވެ ކަމަށާއި އަމާޒަކީ ސައުދީ ބަލިކޮށް ފެށުން ރަނގަޅު ކުރުން ކަމަށް ލެޓްވިއާ ޓީމުގެ ކޯޗު ބުނެފައިވެއެވެ.

ސައުދީ އިން މެޗުގެ ކުރިން ދިން ޕްރެސް ކޮންފަރެންސުގައި ބުނެފައިވަނީ އެޓީމުގެ އަމާޒަކީ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްގެން ފައިނަލަށް ދިއުން ކަމަށެވެ. އެހެންކަމުން މިމެޗަށް ވެސް ޓީމު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ކޯޗު ބުނެފައިވެއެވެ.

ފޯރިގަދަ މެޗެއް މިއަދުވެސް ހަވީރު ޒޯން ސްޓޭޑިއަމްގައި ކުޅެވޭނެ ކަމަށް ބެލެވެއެވެ. އެފްއޭއެމް އިން ވަނީ ރާއްޖޭގައި، އަދި އައްޑޫގައި މިފަދަ މުބާރާތްތައް ތަކުރާރުކުރުމަށް ވީހާވެސް ގިނަ ބަޔަކު މިއަދުގެ މެޗު ބަލާލުމަށް ވެސް ދަނޑަށް ދިއުމެވެ. މިމެޗު ފެށޭނީ މިއަދު ހަވީރު 4:00 ގައެވެ.