Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އައްޑޫއަށް 180 މިލިއަން ޑޮލަރު ލިބޭނެކަމާމެދު ޝައްކެއް ނެތް: އަސްލަމް

މިނިސްޓަރު މުހައްމަދު އަސްލަމް - ފޮޓޯ: މަޖިލިސް

އިންޑިޔާގެ އެގްޒިމް ބޭންކުގެ އެހީގައި އައްޑޫގެ ތަރައްގީއަށް ހޯދާ 180 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ލިބޭނެ ކަމާމެދު ޝައްކެއް ނެތް ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕްލޭނިން މިނިސްޓްރީ އިން މަޝްރޫއުތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އިންޑިޔާގެ އެގްޒިމް ބޭންކުން ހޯދަނީ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ކަމަށެވެ.

އޭގެ ތެރެއިން އައްޑޫގެ ތަރައްގީއަށް ސަރުކާރުން ކަނޑައަޅާފައިވަނީ 180 މިލިއަން ޑޮލަރު ކަމަށާއި އެފައިސާ، އިންޑިޔާއިން ދޭނީ މަޝްރޫއުތަކެއް ހެދި ޕްލޭންތަކެއް ހެދުމަށްފަހު އެ ޕްރޮޕޯސަލްތައް ބޭންކަށް ހުށައެޅުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަޝްރޫއުތަކާއި ޕްލޭންތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އަސްލަމް ވިދާޅުވެފައިވާއިރު މަގު ހެދުމާއި ބަނދަރު ހެދުން މިމަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކަމަށް މީގެ ކުރިން މަޖިލީހުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.