Last Updated: May 3, 06:00
Friday, May 3, 2024
ޚަބަރު

ހިތަދޫ އުތުރާއި ދެކުނުގެ ގެތަކަށް ނަރުދަމާގެ ޚިދުމަތް ދޭން ފަށަނީ

ހިތަދޫ އަވަށުގައި ސަރުކާރުން ޤާއިމުކުރައްވަމުން ގެންދަވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިއްޖެއެވެ.

2009 ވަނަ އަހަރު އައްޑޫގައި ފެށި ނަރުދަމާގެ މަސައްކަތުގެ ތެރެއިން ހިތަދޫގެ ނަރުދަމާގެ މަސައްކަތް ނިންމައި ހިތަދޫ އަވަށުގެ އުތުރާއި ދެކުނު އަދި މެދު ސަރަހައްދުތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ފެނަކައިން މިހާރު ވަނީ ތައްޔާރުވެފައެވެ.

މިގޮތުން މިހާރު ޤާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމުން ގޭގެއަށް ގުޅާފައިވާ ކެޗްޕިޓްތަކަށް ނަރުދަމާ ހޮޅި ގުޅުމުގެ މަސައްކަތް ތާވަލުކޮށްފައިވާ ގޮތުން ހިތަދޫ ދެކުނު ދާއިރާގެ ނަރުދަމާގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 27 އިން ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ. ހިތަދޫ އުތުރު ދާއިރާގެ ނަރުދަމާގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 10 އިން އޮކްޓޫބަރުގެ 2 ވަނަ ދުވަހާ ހަމައަށް ނިންމުމަށް ރާއްވަވާފައިވާއިރު ހިތަދޫ މެދު ދާއިރާގެ މަސައްކަރް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 15 އިން އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހަށެވެ.

އައްޑޫ އަކީ ނިސްބަތުން ބަލާއިރު ދެވަނަ އަށް އެންމެ އާބާދީ ބޮޑު ސިޓީ އަށްވެފައި މިތަން ރަނގަޅު ފެންވަރެއްގައި ތަރައްޤީވެގެން ދިޔުމަކީ އައްޑޫ ރައްޔިތުންގެ ބޮޑު އުއްމީދެކެވެ.