Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

އެމްއެންޑީއެފް އާއި ޖަޕާނު ސިފައިން ގުޅިގެން ތަމްރީނުތަކެއް ފަށައިފި

އެމްއެންޑީއެފް ކޯސްޓްގާޑް އާއި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސް ގުޅިގެން ސާޗް އެންޑް ރެސްކިއުގެ ނަމުގައި ތަމްރީނެއް މިއަދު ހެނދުނު ފަށައިފި އެވެ.

މިއަދު ހެނދުނު 11:00 އިން 13:00 ކުރިއަށްދާ މި ތަމްރީން ހިންގަނީ ހުޅުމާލޭ އިރުމަތީ ފަރާތުން ކަނޑުގެ ސަރަހައްދުގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ. އަދި މި ތަމްރީނުގައި ޖަޕާނު ނޭވީގެ މަތިންދާބޯޓެއްގެ އިތުރުން އެމްއެންޑީއެފްގެ ސީޖީއެސް ހުރަވީ ހަރަކާތްތެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ތަމްރީނުގައި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތަކާއި ކަނޑުވެފައި ތިބޭ ފަރާތްތަކަށް އެހިތެރިވާނެ ގޮތްތަކަށް އަމަލީގޮތުން ބައިވެރިވެ ފަރިތަތަކުރުމަށް ވަނީ ހަމަޖެހިފައެވެ.