Last Updated: May 3, 17:51
Friday, May 3, 2024
ކުޅިވަރު

ޓާގެޓަކީ ބައިކޮޅަށް ގޯލުވަނެނުދިނުން : ޖަޑާ

ފުރަތަމަ މެޗް އިން ބަލިވިޔަސް ،ޓާގެޓަކީ މިއަދުގެ މެޗް އިން ބައިކޮޅަށްވަންނަ ގޯލުތައް މަދުކުރުން ނުވަތަ ޑްރޯ އަކަށް ދިޔުން ކަަމަށް ރާއްޖޭގެ 15 އަހަރުންދަށުގެ ޤައުމީ ޓީމްގެ ކޯޗް އިބްރާހީމް ހަލީމް (ޖަޑާ) ބުނެފިއެވެ.

އައްޑޫ ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯލް މުބާރާތުގައި މިއަދު ރާއްޖެ ވާދަ ކުރަނީ ސައުދީ އަރަބިއާ އާއި އެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަމުން ޤައުމީ ޓީމްގެ ކޯޗް ޖަޑާ ބުނީ މިއީ ރާއްޖެގެ 15 އަހަރުން ދަށުގެ ޓީމުގެ ފުރަތަަމަ ބައިނަލްއަގުވާމީ މުބާރާތްކަަމަށެެވެ.

ރާއްޖެ ޓީމުން މަސައްކަތް ފަށާފައިވަނީ އޭއެފްސީ މުބާރަތަށެވެ. އެގޮތުން ސައުދީ ޓީމާއެކު ކުޅެން މިލިބޭ ފުރުސަތަކީ ރައްޖޭޭއަށް އޮތް ވަރަށްބޮޑު ފައިދާއެއްކަމަށް ޖަޑާ ފާހަގަކުރިއެވެ.

ޖަޑާ ބުނީ ސައުދީ އަރަބިޔާގެ މި ޓީމް އަކީ މިއަހަރު ބޭއްވުނު އޭޝިއަން ކަޕްގެ ޗެމްޕިއަން ޓީމެވެ. މިއީ އޭފްސީ އަށް ދިއުމުގެ ކުރިން ލިބޭ ވަރަށް ބޮޑު ތަޖުރިބާއަކަށް ވާނެކަމަށްވެސް ކޯޗް ފާހަގަކުރިއެވެ.

ސައުދީ އަރަބއްިޔާގެ ކޯޗް ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނީ މި މުބާރާތަކީ ފަނަރަ އަހަރުން ދަށުގެ މުބާރާތެއްކަމުން އެ ޤައުމުން ގެނައީ 14 އަހަރުން ދަށުގެ ޓީމު ކަމަށާއި، ނަމަވެސް އެހެން ޤައުމުތަކުން މުބާރާތަށް ގެނައީ 16 އަހަރުން ދަށުގެ ޓީމުކަން އެނގުނީ މުބާރާތައް ރާއްޖެ އައިފަހުންކަމަށެވެ. އެހެންކަމުން 14 އަހަރުން ދަށުގެ ޓީމަކަށް ހާފެއްގެ ފުރިހަމަ 45 މިނެޓު ކުޅެވޭނެ ކަމަށް ޤަބޫލު ނުކުރެވޭކަމަށެވެ.

ރާއްޖެ އާއި ސައުދީ އަރަބިއްޔާ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައެވެ. މިދެޓީމްވެސް ވަނީ މުބާރާތުގައި ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ. ރާއްޖެ ވަނީ ބޫޓާބް އަތުން 2-1 ބަލިވެފައެވެ. އަދި ސައުދީ ވަނީ ލެޓްވިއާ އާއި ވާދަކޮށް 4-1 ބަލިވެފައެވެ.

ސައުދީ ޓީމް މިއަދު ރާއްޖެ އާއި ދެކޮޅަށް ނިކުންނައިރު އެޓީމްގެ މެދުތެރެ ބަލަހައްޓަމުން އައި މުހިއްމު އެއް ކުޅުންތެރިއަކަށް ވަނީ ލެޓްވިއާ މެޗުގައި ރަތްކާޑް ދައްކާފައެވެ.

މިއަދުގެ މެޗު ބެލުމަށާއި ދިވެހި ޓީމަށް ސަޕޯޓް ކުރުމަށް އައްޑޫ ސްޓޭޑިއަމް ފުރާލުމަކީ ދިވެހި ޓީމުގެ އެެދުމެކެވެ.