Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

ޖާބިރުގެ ޚިޔާލު: މަހަށް ދިއުމުގެ ބަދަލުގައި ދާއަޅައިގެން އެއްފަހަރާ ބިލިއަން ޑޮލަރުގެ މަސް ނެގުން

ޒަމާނުއްސުރެ ކާބަފައިން މަހަށް ގޮސް މަސް ބާނަމުން އަންނަ ގޮތް ބަދަލުކޮށް، އެއް ފަހަރާ ދާ އަޅައިގެން އެއް ބިލިއަން ޑޮލަރުގެ ކަޅުބިލަ މަސް ނެގުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޚިޔާލު ހުށައަޅައިފިއެވެ.

ބޭރުގެ ބޯޓު ފަހަރުތަކަށް ރާއްޖެ އައިސް މަސް ގަތުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ހުށައެޅުނު ގަރާރަށް ބަހުސް ކުރައްވަމުން މެމްބަރު ޖާބިރު ވިދާޅުވީ ދާ އަޅައިގެން މަސް ނުޖަހަން ވީ ސަބަބެއް ނެތް ކަމަށެވެ. އެކަމާ ގުޅިގެން އެއްވެސް ރިސާޗެއް ހެދިފައި އެބަ އޮތްތޯ ސުވާލުކޮށްފައިވާއިރު ދާ އަޅައިގެން މަސް ބޭނުމަކީ އިކޯސިސްޓަމަށް ނުރައްކާތެރި ކަމަކަށްވާތީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މަނާ ކަމެކެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ވިދާޅުވީ ރާއްޖޭގެ ވަކި ހިސާބެއް ދުރުން ދާ އަޅައިގެން ހުރިހާ ކަޅުބިލަ މަސް ނެގުމަށް ތާއީދު ކުރައްވާ ކަމަށެވެ.

ޒަމާނުއްސުރެ ދޯނީގައި މަހަށް ގޮސް ކާބަފައިން ތިބީ ގުދާރު ބިނދިފައި ކަމަށާއި އަދި ބިތްޖެހިފައި ކަމަށް ވެސް މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި ވިދާޅުވެފައިވެއެވެ.