Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އައްޑޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރަނީ

އައްޑޫ ސިޓީގެ ކައުންސިލަރުން - ފޮޓޯ: އައްޑޫ ކައުންސިލް

އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ނިންމައިފިއެވެ.

އައްޑޫ ކައުންސިލުން ބުނީ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ފުރަތަމަ ބައްދަލުވުން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ.

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އަވަށުގެ ރައްޔިތުންނާއެކު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި 30 ވަނަ ދުވަހުއެވެ. އަދި ހިތަދޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 31 ވަނަ ދުވަހުކަމަށް އައްޑޫސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

މިބައްދަލުވުންތަކަކީ ފާއިތުވި އަހަރުގެ ކައުންސިލްގެ ރިޕޯޓް ހުށަހެޅުމާއި މިހިނގާ އަހަރު ކައުންސިލުން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަން ރައްޔިތުންނާއި ހިއްސާކޮށް ރައްޔިތުންގެ ޙިޔާލާއި މަޝްވަރާ ހޯދުމަށް ބައްދަލުވުންތަކެކެވެ.

އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން މިބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ކަންކަން ހިންގުމުގައި މަޝްވަރާއާއި ލަފާ ދިނުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.