Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ބޫޓަން އަކީ ފަހު ވަގުތުވެސް ނަތީޖާ ބަދަލުކޮށްލާނެ ޓީމެއް: ސައުދީ ކޯޗް

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ޔޫއެފާ އެސިސްޓް މުބާރާތުގައި ކުޅޭ ބޫޓާން ޓިމް އަކީ މެޗްގެ ފަހު ވަގުތުގައިވެސް މެޗްގެ ނަތީޖާ އެޓީމްކޮޅަށް އަނބުރާލާ ޓީމެއްކަމަށް ގަބޫލުކުރާކަަމަށް ސައުދީ އަރަބިއްޔާގެ ކޯޗް މުހައްމަދު އަމީން ބުނެފިއެވެ.

މެޗްގެ ކުރިން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޓީމުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ކޯޗު ބުނީ ރާއްޖެއާއި އެކުކުޅުނު މެޗުން މޮޅުވެފައިވާ އިރު މިއަދުގެ މެޗަކީ ވަރަށް މުހިއްމު މެޗެއްކަމަށެވެ.މއަދުގެ މެޗްގައި ޓީމުގައި ދެން ތިބި ކުޅުންތެރިންނަށް ވެސް ފުރުސަތުދީގެން ފައިނަލާ ހަމައަށް ދިޔުމަށް މަސައްކަތް ކުރާނެކަމަށެވެ.ކޯޗު ބުނީ އެޓީމުގައި މިހާތަނަށް ނުކުޅޭ 4 ވަރަކަށް ކުޅުންތެރިން އެބަތިބި ކަމަށެވެ.
މީގެ އިތުރުން ލެޓްވިއާ އާއި ބޫޓާން ބައްދަލުކުރި މެޗްގައި ބޫޓާންގެ ކުޅުންތެރިން މެޗްގެ 70 ވަނަ މިނެޓްތެރޭ ވަރުބަލިވެގެން ދިޔަކަން ފާހަނގަކުރެވިގެންދިޔަ ކަމަށްވެސް ސައުދީ ޓީމުގެ ކޯޗް ފާހަނގަކުރިއެވެ.

ނޫސްވެރިންނާއި ވަހަކަދައްކަމުން ބޫޓާންގެ ކޯޗް ބުނީ ލެޓްވިޔާ އާއި ބައްދަލުކުރިމެޗުން ބަލިވެގެންދިޔަނަމަވެސް އުއްމީދުކުޑަކޮށް ނުލާ ކަމަށެވެ.އުއްމީދަކީ މިއަދުގެ މެޗުން މޮޅުވެ ފައިނަލަށް ދިޔުން ކަަމަށެވެ.

މިއަދު ހަވީރު ބޫޓާން އާއި އެކު ބައްދަލުކުރާ މެޗުން ސައުދީ ޓީމު މޮޅުވެއްޖެ ނަމަ އެޓީމު ފައިނަލުގައި ކޫޅޭނީ ލެޓްވިއާ އާއި ދެކޮޅަށެވެ.ސައުދީ ޓީމު ލެޓްވިއާ އާއި އެކު ކުޅުނު ފުރަތަމަ މެޗުގައި 4 – 1 އިން ކުރި ހޯދާފައިވަނީ ލެޓްވިއާއިން ނެވެ.