Last Updated: June 15, 16:56
Monday, June 15, 2026
ޚަބަރު

ބިން ހިއްކަން ކުރިމަތިލުން 27 އާ ހަމައަށް

އައްޑޫގެ ބައެއް ރަށްތަކުގެ އޭރިއަލް ފޮޓޯއެއް. ފޮޓޯ/ މާޕް

އައްޑޫގެ ހަތަރު ރަށެއްގެ ބިން ހިއްކަން ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ހުޅުވާލި މުއްދަތު ހައުސިން މިނިސްޓްރީން އިތުރުކޮށްފި އެވެ.

އެ މިނިސްޓްރީން މި މަހުގެ 18 ވަނަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނަނީ ހަތަރު ރަށެއްގެ ބިން ހިއްކަން ކުރިން އިއުލާން ކުރުމުން މުއްދަތު ހަމަވި އިރު ބިން ހިއްކަން ޝައުޤުވެރިކަން ފާޅުކޮށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގައި އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާ ކަމަށެވެ.

އެހެން ކަމުން ބިން ހިއްކަން ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް މި މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް މިނިސްޓްރީން މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.

އައްޑޫގެ ހަތަރު ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މަރަދު އާއި މަރަދޫ ފޭދޫން 75 ހެކްޓަރު، ފޭދޫން 41 ހެކްޓަރުގެ އަދި ހިތަދޫ އިން 17.7 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފަ އެވެ.