Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ އައްޑޫގައި!

ރާއްޖޭގެ 54 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ހިތަދޫ ސްކޫލް އަދި ޝަރަފުއްދީން ސްކޫލް ކެޑޭޓުންގެ ޝަރަފުގެ ހިނގާލުން މާދަމާ ބާއްވަން ނިންމައިފިއެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ދެމުން ޤައުމީ ކެޑޭޓް ކޯ ގެ ކެޕްޓަން މުހައްމަދު ހާފިޒް ބުނީ އައްޑޫސިޓީގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުމުގައި އައްޑޫސިޓީގެ 2 ސްކޫލަކުން މުޅިއެކު ޖުމްލަ 132 ކެޑޭޓުން ބައިވެރިވާކަމަށެވެ. މި ޝަރަފުގެ ހިނގާލުމުގައި ސ.އަތޮޅު މަދުރަސާގެ 10 ކެޑޭޓުންވެސް ބައިވެރިވާނެ ކަަމަށް ކެޕްޓަން ހާފިޒް ފާހަގަކުރިއެވެ.

މަދާމާ ހަވީރު 16:00ގައި ފެށުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން ފެށިގެން ދާނީ އައްޑޫސިޓީ ކައުންސިލް އިދާރާ ކުރިމަތިންނެވެ.

މީގެ އިތުރުން މި ޝަރަފުގެ ހިނގާލުމުގައި އައްޑޫސިޓީ ހިތަދޫގެ ޓައިމް ފޯ ޓީ ކުރިމައްޗާއި މެދުވަލުސްކޫލާއި ރީތިފޮޓޯ ކުރިމަތީގެ އިތުރުން ނިއުސީޒަން އަދި އީހަބް މޮބައިލް ޝޮޕް ކުރިމަތީ މަޑުކޮށް ބޭންޑުން ރާގުތައް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި އެކި މުނާސަބަތުތަކުގައި ބާއްވަވާ ޕެރޭޑްތަކަކީ، ދިވެހިންގެ ގިނަ ބަޔަކު ވަރަށް ޝައުޤުވެރިވާ ޙަރަކާތެކެވެ.