Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މެޑިސިޓީއަށް އަލުން އާސަންދަ ލިބިއްޖެ

ސ. ފޭދޫގައި ހުންނަ އައްޑޫ މެޑިސިޓީ އިން އާސަންދަ ސްކީމުގެ ދަށުން ދެމުން ގެންދިޔަ ޚިދުމަތް ސަސްޕެންޑްކުރުމަށްފަހު އަލުން ފަށައިފިއެވެ.

ދިމާވި މައްސަލައަކާއި ގުޅިގެން 2 ޖުލައި ވަނަ ދުވަހު މި ޚިދުމަތް މެދުކަނޑާލި ނަމަވެސް، މެޑިސިޓީއިން މައުލޫމާތު ދޭގޮތުގައި މިހާރު އެމައްސަލަ ވަނީ ހައްލުކުރެވިފައެވެ. އަދި 26 ޖުލައި އިން ފެށިގެން އާސަންދައިގެ ޚިދުމަތް އަލުން ވަނީ ފަށާފައެވެ.

މިކަންވަނީ އާސަންދަ ކޮމްޕެނީ ލިމިޓެޑުން ނެރުނު އިއުލާނުގައިވެސް ބަޔާންކޮށްފައެވެ.

އައްޑޫ މެޑިސިޓީއަކީ ތަފާތު އެކި ބަލިތަކަށް ފަރުވާދޭ ކްލިނިކެކެވެ.