Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު

މިނިވަންދުވަހުގެ ޝަރަފުގެ ހިނގާލުން ބާއްވައިފި

ރާއްޖޭގެ 54 ވަނަ މިނިވަންދުވަހުގެ ޝަރަފުގެ ހިނގާލުން އައްޑޫގައި ބާއްވައިފިއެވެ.

މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުމުގައި ހިތަދޫ ސްކޫލް އަދި ޝަރަފުއްދީން ސްކޫލުން 132 ވަނީ ބައިވެރިވެފައެވެ. އަދި ސ.އަތޮޅު މަދުރަސާގެ 10 ކެޓޭޓުންވެސް ބައިވެރިވެފައިވެއެވެ. މިޝަރަފުގެ ހިނގާލުން ފަށާފައިވަނީ އައްޑޫ ކައުންސިލް އިދާރާ ކުރިމަތިންނެވެ. މި ހިންގާލުން ނިންމާލާފައިވަނީ ހިތަދޫ ސްކޫލް ކުރިމައްޗަށެވެ.

މިޕެރޭޑަށް ކުދިން ތައްޔާރުކޮށްފައިވަނީ ނޭޝަނަލް ކެޑޭޓްކޯގެ މުދައްރިބުންނާއި އެކްސް ކެޑޭޓުންނެވެ.

އައްޑޫގައި ބާއްވާ ޕެރޭޑް ހަރަކާތަށް އާއްމުންގެ ބޮޑު ތަރްހީބެއް ލިބޭއިރު މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ޝަރަފުގެ ހިނގާލުން ބަލާލުމަށް ގިނަ ބަޔަކު ވަނީ މަގުމައްޗަށް ނިކުމެފައެވެ. ޚާއްޞަކޮށް ގިނަޢަދަދެއްގެ ކުޑަކުދިން ޕެރޭޑް ބަލަން ނިކުތްކަން ފާހަގަކުރެވެއެވެ.