Last Updated: July 1, 12:00
Tuesday, July 1, 2025
ޚަބަރު

މިނިވަން ދުވަހުގެ މުނާސަބަތުގައި ފުޅަނދުބުރުގެ ހަރަކާތް ބާއްވައިފި

ދެ އަހަރުގެ މެދު ކެނޑުމަކަށް ފަހު މިނިވަން ދުވަހުގެ ފުޅަނދުބުރު ހަރަކާތް ބާއްވައިފިއެވެ.

މި އަހަރުގެ މި ހަރަކާތްތަކަށް އާންމުންގެ ބޮޑުތަރުހީބެއް ލިބުނުއިރު މިއަހަރުގެ މިހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވަނީ ބައްލަވައިލައްވައިފައެވެ. މިއަހަރުގެ ފުޅަނދުބުރުގައި ފަސް ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. އެ ފަސް ކުންފުންޏަކީ ބީއެމްއެލް، އެމްޕީއެލް، އެމްޑަބްލިއުއެސްސީ، އެމްއޭސީއެލް އަދި ސްޓެލްކޯއެވެ.

ފުޅަނދުތަކާއެކު ދިވެހިންގެ ސަގާފަތް އަދި ކުޑަ ކުދިންގެ މެދުގައި މަސްހޫރު ކާޓޫނު ކެރެކްޓަރތައް ފެނިގެންދިޔައެވެ. އަދި ފުޅަނދުތައް ތައްޔާރުކުރެވިފައިވަނީ ފުޅަނދުބުރުގައި ބައިވެރިވެފައިވާ ކުންފުނިތަކުން ދޭ ހިދުމަތްތައް ދައްކުވައިދޭ ގޮތަށެވެ.

މިހަރަކާތް ބެލުމަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ މާލޭގެ މަގުތަކަށް ނިކުމެފައެވެ.