Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ލޯ ފެކަލްޓީ ހުޅުވައިފި

ލޯ ފެކަލްޓީ ހުޅުވަން ހެނދުނު ބޭއްްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ ވިލާ ކޮލެޖް

މޯލްޑިވްސް ލޯ އިންސްޓިޓިއުޓާއި ވިލާ ކޮލެޖް ގުޅިގެން ހުުޅުމީދޫގައި ގާއިމު ކުރި ލޯ ފެކަލްޓީ ރަސްމީކޮށް މިއަދު ހެނދުނު ހުޅުވައިފި އެވެ.

އެސްޓީއޯ އިން ހުޅުމީދޫގައި އިމާރާތް ކުރި 4 ބުރީގެ އިމާރާތުގައި ހިންގަން ފެށި ލޯ ކޮލެޖް ރަސްމީކޮށް ހުޅުވައި ދެއްވީ ވިލާ ކޮލެޖްގެ އޮފީސް އޮފް ދަ ރެކްޓަގެ ޑިރެކްޓަ ޑރ. އަހުމަދު އަލި މަނިކު އާއި މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ފައުންޑާ މަޝްހޫރު ގާނޫނީ ވަކީލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ބަންޑާރަ ނައިބުކަން ކުރެއްވި އަލްއުސްތާޒު ހުސްނުއް ސުޢޫދުއެވެ.

ފައުންޑޭޝަން އިން ލޯ އާއި ސެޓްފިކެޓް 3 އިން ކްރިމިނަލް އިންވެސްޓިގޭޝަން ގެ ކޯސް ތަކާއި އެކު މިއަދު ފެށި ލޯ ކޮލެޖްގައި އައްޑޫގެ އިތުރުން ފ އަތޮޅާއި ފުވައްމުލަކުން ކުދިން ވަނީ ބައިވެރިވެފަ އެވެ.

މިއަދުގެ ރަސްމިއްޔަތުގައި ހުސްނުއް ސުޢުދު ވަނީ ކޮލެޖް ކުރިއަށް ގެންދިއުމަށްޓަކައި ހުޅުމިދޫގެ އާއްމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމަށް އެދިފަ އެވެ.
އެގޮތުން ރަށްރަށުން އަންނަ ކުދިންނަށް މެހުމާންދާރީ އަދާކޮށް އެ ކުދިންނަށް ހެޔޮ އަގެއްގައި ހުޅުމީދޫގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް އެދި ވަޑައިގަތެވެ.

ލޯ ކޮލެޖުން ވަނީ އިއްޔެ އެކޮލެޖަށް އެޕްލައި ކުރި ކުދިންގެ ރެޖިސްޓްރޭޝަން ގެ ކަންތައް ކުރިއަށް ގެންގޮސްފަ އެވެ. އަދި މިއަދު ހަވީރު ފުރަތަމަ ލެކްޗަ ކްލާސް ކުރިއަށް ގެންދާނެ ކަމަށް ކޮލެޖުން ބުނެ އެވެ.