Last Updated: April 24, 06:02
Wednesday, April 24, 2024
ސިއްހަތު

ބަނޑު ހިންދާލަން ބޭނުންތަ؟

ބަނޑުގައި މަސްޖަހާ ބަނޑު ބޮޑުވުމަކީ ވަރަށް ގިނަ ދިވެހިންނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ މައްސަލައެކެވެ. ބިޒީކަމުން ކެޔުމަށް ފަރުވާ ކުޑަކުރެވި ނުވަތަ އެނޫންވެސް އެހެން ސަބަބަކާހުރެ ބަނޑުގައި މަސްޖެހުމަކީ ފަހުން އެކަމާ ގިނަ ބަޔަކު ހިތާމަ ކުރާ ކަމެކެވެ.

މާާބޮޑަށް ބަނޑުގައި މަސްޖެހުމުން ޑައިޓްގައި ކިތަންމެ ދުވަހަކު ނުކައި ހުއްޓަސް ބަނޑުގައިޖެހި މަސްތައް ނުވިރުމަކީ އާއްމުކަމެކެވެ. އަދި ހަމައެހެންމެ، ކަސްރަތުކޮށްގެން ގިނަ ފަހަރު ބަނޑުގައި ޖަހާފައިވާ މަސްތައް ވިރުވައެއް ނުލެވެއެވެ. ގިނަ ފަހަރަށް ވާގޮތަކީ މާ ބިޒީވެގެން ޤަވާއިދުން ކަސްރަތު ނުކުރެވެނީއެވެ.ކަސްރަތު ކުރަންފަށާފައިވެސް ހުއްޓާލެވެނީއެވެ.

ބިޒީވެގެން ކަސްތަރު ނުކުރެވޭ މީހުންނަށާއި ގިނައިރު ހުސްބަނޑާ ޑައިޓްގައި ނުތިބެވޭ މީހުންނަށް މިއޮތީ ޚާއްސަ ޖޫހެކެވެ. މިއީ ބަނޑު ހިންދާލުމަށް ގިނަ ބައެއްގެ ތެރޭގައި މަޝްހޫރު ފަތްޕިލާވެލި ބޭނުންކޮށްގެން އުފައްދާ ޖޫހެކެވެ. ތިރީގައި މިވަނީ މިޖޫސް ތައްޔާރު ކުރާ ގޮތެވެ.

ބޭނުންވާ ތަކެތި

ލުނބޯ ހުތް
އިނގުރު ( ގާނާފައި )
ކިއުކަމްބާ
މިންޓު ފަތް
ފެން
ހުރިހާ އެއްޗެއް އެއްކޮށްލާފައި މިކްސާރއަށް އަޅާ ރަނގަޅަށް ގިރާލާށެވެ. އަދި ކޮންމެ ރެޔަކު ނިދުމުގެ ކުރިން މީގެ ތައްޓެއް ބޯލާށެވެ.