އައްޑޫގެ މަސްވެރިންނަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަމާ ބެހޭ ތަމްރީން ޕްރޮގްރާމެއް ބާއްވަން ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ސޯޝަލް ޑިޕާޓްމަންޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ނުވަ ދުވަހުގެ މުއްދަތަށް ހިންގާ ޓްރޭނިން ޕްރޮގްރާމަކީ ފިޝަރީޒް މިނިސްޓްރީ އާއި އިންޓަނޭޝަނަލް ފަންޑް ފޮ އެގްރިކަލްޗްރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
އެ ޑިޕާޓްމަންޓުން ބުނީ ޕްރޮގްރާމްގައި ބައިވެރި ކުރުމަށް އިސްކަން ދޭނީ މަސްވެރިކަމުގައި މިހާރު ވެސް ހަރަކާތްތެރިވާ ފަރާތްތަކަށް ކަމަށެވެ.
މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިއަރީ ސެޝަންތަކާ އެކު، އަމަލީ މަސައްކަތުގެ ބައި ވެސް ހިމަނައިގެންނެވެ.