Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ކައުންސިލުން މިއަދު ހުޅުދޫ އަދި މީދޫ ރައްޔިތުންނާއި ބައްދަލު ކުރަނީ

އައްޑޫ ސިޓީ ކައުންސިލް މިރޭ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ނިންމައިފިއެވެ.

ކައުންސިލްގެ ބައްދަލުވުން އޮތީ ހުޅުމީދޫ އަތޮޅު މަދަރަސާގެ ހޯލްގައެވެ. ބައްދަލުން ފަށާގަޑިއަކީ މިރޭ 8:30 އެވެ.

ކައުންސިލުން ބުނީ މިބައްދަލުވުންތަކަކީ ފާއިތުވި އަހަރުގެ ކައުންސިލްގެ ރިޕޯޓް ހުށަހެޅުމާއި މިހިނގާ އަހަރު ކައުންސިލުން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަން ރައްޔިތުންނާއި ހިއްސާކޮށް 2020 ގައި ކައުންސިލްގެ ބަޖެޓުގައި ހިމަނައިގެން އައްޑޫގައި ކުރިޔަށް ގެންދަން ރާވާފައިވާ ކަންކަމުގައި ރައްޔިތުންގެ ޙިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުންތަކެއް ކަަމަށެވެ.

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އަވަށުގެ ރައްޔިތުންނާއެކު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި 30 ވަނަ ދުވަހުއެވެ. އަދި ހިތަދޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 31 ވަނަ ދުވަހުއެވެ.