Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

ޖަންކްޝަނުން ލޮނު އަރާތީ ކަންބޮޑުވުން ފާޅު ކުރަނީ!

ޖަންކްޝަނުން ލޮނު އަރާ ސަރަހައްދު: މިކަމުގެ ސަބަބުން ދަތިވޭ. ފޮޓޯ/ އައްޑޫ ލައިވް

ސ. ފޭދޫ ބްރައިޓް ކާޕެންޓްރީ އާ ދިމާލުގައި ބަހައްޓާފައި ހުންނަ ޖަންކްޝަނުން ލޮނު އަރާތީ އެ ހިސާބުގަނޑުގެ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

ބްރައިޓް ކާޕެންޓްރީން މިއަދު ވާހަކަ ދެެއްކި މީހަކު ބުނީ ދިޔަވަރު ބޮޑުވާ ވަގުތު އެ ސަރަހައްދަށް ލޮނު އަރައި ވަޑާންގެ އަށް ވެސް ލޮނުގެ އަސަރު ކުރަމުންދާ ކަމަށެވެ.

"ޖަންކްޝަން މި ހުންނަނީ ހަމަ ވަޑާންގެ ގެއާ ދިމާއަށް. ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ޖަންކްޝަނުން ލޮނު އަރައި، މި ހިސާބުގަނޑުގައި އޮންނަނީ ލޮނު ބޮޑުވެފައި. ވަރަށް ދަތި އެހެންވެ،" އޭނާ ބުންޏެވެ. "މިކަން ހައްލު ކުރަން އެބަ ޖެހޭ މަސަައްކަތް ކުރަން. މި ދަތިކަން އަޅުގަނޑުމެންނަށް އަބަދު މި އޮންނަނީ ކުރިމަތިލާން ޖެހިފައި."

ޖަންކްޝަނުން ލޮނު އަރާ ދިމާލުގައި ހުރި ގެއަކުން ވާހަކަ ދެެއްކީ މީހަކު ބުނީ މަގުގައި ލޮނުގަނޑު ހެދޭތީ، ވެހިކަލްތަކުގައި ލޮނު ޖެހިގެން ވެސް ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އަދި ސްކޫލް އޮންނަ ދުވަސް ދުވަހު، ކުދިންނަށް އެ މަގުން ހިނގަން ވެސް ދަތިވެ އެވެ.