Last Updated: April 27, 09:26
Saturday, April 27, 2024
ޚަބަރު

6 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ބޮޑު ޑީލަރަކު ހައްޔަރުކޮށްފި

ފޮޓޯ- ޕޮލިސް މީޑިއާ

ފުލުހުންގެ އިންޓަލިޖެންސް ޑިޕާޓުމަންޓާއި ޑްރަގް އެންފޯސްމަންޓު ޑިޕާޓުމަންޓުގެ ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 6 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ބޮޑު ޑްރަގް ޑީލަރެއް ހައްޔަރުކޮށްފިއެވެ.

ކަމިޝްނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އުތުރުގައި ހިންގި މި އޮޕަރޭޝަންގައި 6.023 ކިލޯގެ މަސްތުވާ ތަކެއްޗާއި އެކު ހައި ޕްރޮފައިލް ޑީލަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހަމީދު ވަނީ މި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ.

ފުލުހުން އަންނަނީ ފަހަކަށް އައިސް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ ވިއްކާ މީހުން އަތުލައިގަންނަމުންނެވެ.