Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ހަނިމާދޫ އާއި ކޮޗިން އާއި ދެމެދު މޯލްޑިވިއަންއިން ސީދާ ދަތުރުތައް ފަށަނީ

މޯލްޑިވިއަން އިން ހދ. ހަނިމާދުއާއި ކޮޗިންއާއި ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ.

މޯލްޑިވިއަން އިން ބުނީ ކޮޗިން/ ހަނިމާދޫ ދަތުރުތަކުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި ދަތުރު ޝެޑިއުލް އަންނަ މަހު އިއްލާން ކުރެވޭ ވަރުވާނެކަމަށެވެ.

މޯލްޑިވިއަން ބުނީ ކޮޗިން އާއި ހަނިމާދޫ ދަތުރުތަކުގެ އެންމެ ބޮޑު ބޭނުމަކީ ބޭސް ފަރުވާއަށްދާ ދިވެހިންނަށް ފަސޭހަ ގޮތް ތަކެއް ހޯދައި ދިނުމަށާއި އިންޑިއާގެ ފަތުރުވެރިކަން ރާއްޖެއަށް ފުޅާ ކުރުމަށް ކަމަށެވެ. މި ގޮތުން އިތުރު ބައިނަލްއަގްވާމީ މަންޒިލްތަކަށް ދަތުރުކުރުމަށް ނިންމާފައިވާ ކަމަށްވެސް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއިން ބުނީ އިންޑިއާގެ އިތުރު ސިޓީ ތަކަށާއި ކޮލަމްބޯއަށް ދަތުރު ފެށުމަށްވެސް އެއާލައިންއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މޯލްޑިވިއަންއިން އަންނަނީ މާލެއިން ޓްރެވިންޑްރަމް، ޗެންނާއީ އަދި ބަންގްލަދޭޝްގެ ޑާކާގެ އިތުރުން ޗައިނާގެ މަންޒިލް ތަކަށް ދަތުރުކުރަމުންނެވެ.