Last Updated: April 16, 09:59
Tuesday, April 16, 2024
ޚަބަރު

ދުބާއީ ރަސްގެފާނުގެ އަނބިކަނބަލުން ލަންޑަންގެ ކޯޓަކުން 'ފޯސްޑް މެރިޖް ޕްރޮޓެކްޝަން" އަށް އެދެފި!

Princess Haya Bint al-Hussein of Jordan leaves the High Court in London on July 30, 2019. - Princess Haya, the estranged wife of the ruler of Dubai, Sheikh Mohammed bin Rashid Al-Maktoum, has applied for a forced marriage protection order, a London court heard on July 30, 2019, during a case about their children's welfare, Britain's PA news agency reported. (Photo by Tolga AKMEN / AFP) (Photo credit should read TOLGA AKMEN/AFP/Getty Images)

ޔުނައިޓެޑް އަރަބް އެމިރޭޓްސް ގެ ނައިބު ރައީސް އަދި ޕްރައިމް މިނިސްޓަރ ކަމާއި ދުބާއީގެ ވެރިކަން ކުރައްވަމުން ގެންދަވާ ޝެއިޚް މުހައްމަދުގެ އަނބިކަނބަލުން، ޕްރިންސެސް ޔަހާ ލަންޑަންގެ ކޯޓެއްގައި "ފޯސްޑް މެރިޖް ޕްރޮޓެކްޝަނަށް" އެދިއްޖެއެވެ.

ފޯސްޑް މެރިޖް ޕްރޮޓެކްޝަނަކީ މީހަކު ގަދަކަމުން ކައިވެނި ކުރުވުމާއި، ގަދަކަމުން ކައިވެނި ކުރެވިފައި ތިބޭ މީހުންނަށް އެހީތެރިވުމަށް އޮންނަ ޤާނޫނެއްގެ ދަށުން ހޯދޭ ކޯޓު އަމުރެކެވެ. މިއަމުރުގެ ދަށުން ގަދަ ކަމުން މީހަކު ގައުމުން ބޭރު ކުރުން މަނާވާނެއެވެ. މީގެ އިތުރުން ޕްރިންސެސް ހަޔާ ވަނީ އެ ކައިވެންޏަށް ލިބިފައިވާ ދެކުދިންގެ ބެލެނިވެރިކަމާއި، އޭނާއަށް "ނަން- މޮލެސްޓޭޝަން" އަމުރަކަށްވެސް ކޯޓުގައި އެދިފައެވެ.

ޕްރިންސެސް ހަޔާ ކޯޓުގައި ކުދިންގެ ބެލެނިވެރިކަން ހޯދުމަށް އެދިފައިވާ އިރު، ޝެއިޚް މުހައްމަދު ވެސް ވަނީ ކޯޓުގައި އޭނާއަށް ކުދިންގެ ބެލެނިވެރިކަން ދިނުމަށް އެދިފައެވެ. ނަމަވެސް މިމައްސަލައިގައި ވަރިއާއި، ފައިސާގެ އެއްވެސް ކަމެއް ނުހިމެނޭކަމަށް ޕްރިންސެސް ހަޔާ އާއި ޝެއިޚް މުހައްމަދު ނެރެފައިވާ ބަޔާނެއްގައިވެއެވެ.

ޕްރިންސެސް ހަޔާއަކީ ދުބާއީ ރަސްގެފާނުގެ 6 ވަނަ އަނބިކަނބަލުންނެވެ. އަދި ޖޯޑަންގެ ކުރީގެ ރަސްގެފާނުގެ ދަރިކަނބަލުންގެ އިތުރުން މިހާރުގެ ރަސްގެފާނުގެ ކޮއްކޯފުޅެވެ. ހަޔާ އަކީ އޮކްސްފޯޑް ޔުނިވަރސިޓީއިން ޕޮލިޓިކްސް، ފިލޯސޮފީ އަދި އިކޮނޮމިކްސް ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެކެވެ.