Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

"ކައި ޕޯ ޗޭ" އަށް ފަހު "ގްރޭޓް އެކްސްޕެކްޓޭޝަން"

ޗެތަން ބަގަތުގެ "3 މިސްޓޭކްސް އޮފް ލައިފް" އަށް ބިނާކޮށް ހެދި ކާމިޔާބް ފިލްމް "ކައި ޕޯ ޗޭ" ފަހު ޗާލްސް ޑިކެންސްގެ މަޝްހޫރު ވާހަކަ "ގްރޭޓް އެކްސްޕެކްޓޭޝަން" އަށް ފިލްމެއް ހަދަން ޑައިރެކްޓަރު އަބިޝެކް ކަޕޫރު ނިންމައިފި އެވެ.

ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން "ރޮކް އޮން" ގެ ވެސް ޑައިރެކްޓަރު ބުނީ ކްލަސިކް ވާހަކަ "ގްރޭޓް އެކްސްޕެކްޓޭޝަން" އަސްލަކަށް ބަލައިގެން ހަދާ ފިލްމްގެ ލީޑް ރޯލް ކުޅޭނީ "ކައި ޕޯ ޗޭ" އިން ބޮލީވުޑަށް ތައާރަފްވި ސުޝާންތު ސިންގް ރާޖްޕުޓް ކަމަށެވެ.

އަދި ފިލްމަށް ބަތަލާއެއް ހަމަނުޖައްސާ ކަމަށް ވެސް އަބިޝެކް ބުންޏެވެ. އެހެން ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމުގެ ބަތަލާގެ ރޯލް ކުޅެން ކެޓްރީނާ ކެއިފް އަންނަނީ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ.

"ފިލްމް އޮތީ އަދި ސްކްރިޕްޓިން މަރުހަލާގައި. ސުޝާންތު ފިޔަވައި ފިލްމްގެ އިތުރު ކާސްޓިންއެއް އަދި ވަނީ ހަމަނުޖައްސައި،" އަބިޝެކް ބުންޏެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް، އަބިޝެކް ޑައިރެކްޓް ކުރާ މި ފިލްމްގެ ޝޫޓިން އޮކްޓޯބަރު މަހުގެ ތެރޭގައި ފަށަން ވަނީ ހަމަޖެހިފަ އެެެވެ.
ފިލްމް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދު ތެރޭގަ އެވެ.